ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކް އަލުން ކުދިންނަށް ހަމަޖައްސަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެޤައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް އުފާވެރި ޚަބަރެއް އިއްވަވައިފިއެވެ. އެގޮތުން، ކުރީގައި ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި އަދި “ހަބެއް”ގެ ގޮތުގައި ބޭނުންކުރަމުންދިޔަ “ނަމްބަރ 9 ރޯޒްމަންޓް އެވެނިއު” ޢިމާރާތް އަލުން ދަރިވަރުންގެ ބޭނުންތަކަށް ޚާއްޞަކޮށްދެއްވާފައިވެއެވެ.

2019 ވަނަ އަހަރު ހައިކޮމިޝަންގެ ބޭނުމަށް ނެގިފައިވާ މި ޢިމާރާތަކީ، މިހާރު އަލުން އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ބޭނުންކުރެވޭނެ ތަނެއްގެ ގޮތުގައި ހަމަޖެހިފައިވާ ތަނެކެވެ. އަދި މި ތަން ވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރުންގެ އެސޯސިއޭޝަންގެ ދަށުން ރަޖިސްޓަރީ ކުރެވިފައެވެ.

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހިތްހަމަޖެހުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، އެ ދަރިވަރުންގެ މެދުގައި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެ ދަތިތައް ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ނިންމުމަކީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް