ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕްރިވެންޓިވް ހެލްތު ކެއާއަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުން ޕްރިވެންޓިވް ހެލްތު ކެއަރއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށެވެ. “ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަލިއަޅުއްވާލެއްވީ ބަލިތަކުން ރައްކާތެރިވުމުގެ މުހިންމުކަމަށެވެ.

ރައީސް ފާހަގަ ފާހަގަކުރެއްވި ގޮތުގައި ޞިއްޙަތު ރަނގަޅުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ޖީލެއް ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިކުރުވުމެވެ. މީގެ އިތުރުން، ތަރުކާރީއާއި މޭވާގެ ބޭނުން އިތުރުކޮށް، ހަކުރުގެ ބާވަތްތައް މަދުކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ ރަނގަޅު ކާނާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

ދިވެހި މުޖުތަމަޢުގައި މިހާރު ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތައް އިތުރުވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކެންސަރާއި، ގައިންގަޔަށް އަރާ ބަލިތަކާއި، ވާރުތަވާ ބަލިތައް ހިމެނެއެވެ. ނަމަވެސް، މިފަދަ ގިނަ ބަލިތަކުން ރައްކާތެރިވުމުގެ ފުރުޞަތު އޮތްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި އައުޓްޑޯ ޖިމްތަކާއި، މޫދަށް އެރޭނެ ރައްކާތެރި ތަންތަން ޤާއިމުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ތޮށިލުމުގެ މަޝްރޫޢުތަކުގައި މިހާރު މޫދުލާފަ ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި މޫދު ކަސްރަތަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.

އަދި ރައީސް އިޢުލާނުކުރެއްވީ މި އަންނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

Minister Thoriq Ibrahim

ތެޔޮ އެތެރެކުރަން ރާއްޖެއިން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރި

Minister Thoriq ibrahim

އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ސޯލާ ސިޓީ މަސައްކަތް ދެ އަހަރުން ނިންމާލެވޭނެ

muiz

ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއް: ރައީސް