ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތުގެ އިސްތިޢުމާލު މަނާކުރުމަށް އަމާޒުކުރަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ދުންފަތުގެ އިސްތިޢުމާލު މަނާކުރުމަށް ސަރުކާރުން އަމާޒުކުރަނީ 25 އަހަރުން ދަށުގެ ފަރާތްތަކަށް ކަމަށެވެ. މި މަޢުލޫމާތު އެމަނިކުފާނު ހާމަކުރެއްވީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަކީ އެމަނިކުފާނުގެ އިސް އަމާޒެއް ކަމަށެވެ. އަދި ދިވެހި ޒުވާނުން ދުންފަތުގެ ނޭދެވޭ އާދަތަކަށް ހުށަހެޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި އާދަ އަށަގަތުމުގެ ކުރިން އެކަން ހުއްޓުވުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މި މައްސަލަ ޙައްލުކުރުމަށްޓަކައި “ޖެނެރޭޝަން ބޭން” އެއް ތަޢާރަފުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ޞިއްޙީ ވަޒީރަށް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިގޮތުން، ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް ތިން ގޮތަކަށް ހުށަހެޅުއްވުމަށް ވިސްނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ޖީލު ދުންފަތުން ސަލާމަތްކުރުމަށް ޤާނޫނެއް އެކުލަވާލުމަށް ނިންމަވާފައިވަނީ 2000 ވަނަ އަހަރުން ފެށިގެން، ނުވަތަ 2004 ވަނަ އަހަރުން ފެށިގެން، ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު މަނާކުރާ ގޮތަށް ކަމަށެވެ.

މީގެއިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. އަދި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރިކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ނިންމާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ޞިއްޙަތަކީ ސިޔާސީކުރަންޖެހޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ މުހިންމު މައްސަލަތައް ސިޔާސީކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް