ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޖީއެމްއެޗްގައި އިތުރު 75 އެނދުގެ އާ ވޯޑެއް އަންނަ މަހު ހުޅުވަނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އިތުރު 75 އެނދުގެ ވޯޑެއް ހުޅުވުމަށް ރޭވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

“ރައްޔިތުންނާއެކު” ޕޮޑްކާސްޓްގެ ދެވަނަ ބައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އައު ވޯޑު ހުޅުވުމުން އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ފާހަގަކުރެވޭ ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މި ވޯޑުގައި ހިމެނޭނީ 44 ޖެނެރަލް އެނދާއި، 15 ހައި ޑިޕެންޑެންސީ (އެޗްޑީޔޫ) އެނދު، އަދި 14 ޕްރައިވެޓް ޔުނިޓް ކަމަށް ރައީސް ހާމަކުރެއްވިއެވެ.

މީގެއިތުރުން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ފާއިތުވި ނޮވެމްބަރު މަހު އައިޖީއެމްއެޗުގައި 16 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަ އިމަޖެންސީ ރޫމެއް ޤާއިމުކޮށްފައިވާ ކަމަށާއި، މިހާތަނަށް އެތަނުން 10,393 ކުއްޖަކަށް ޚިދުމަތް ދެވިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް