ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކެލާ އަދި ކާށިދޫ ފަޅުގައި ރިސޯޓު ތަރައްޤީކުރުމަށް ބީލަން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ތިލަދުންމަތީ އުތުރުބުރީ ކެލާ އަދި މާލެއަތޮޅު ކާށިދޫ ފަޅުގައި ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ އިޢުލާނުކޮށްފައެވެ.

މި އިޢުލާނާ ގުޅިގެން، ހއ. ކެލާގެ ފަޅުތެރެއިން 156.2 ހެކްޓަރު އަދި 169.3 ހެކްޓަރުގެ ދެ ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، ކ. ކާށިދޫ ފަޅުން 115.21 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބީލަންތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ވަރޗުއަލް ބައްދަލުވުންތަކެއް އެޕްރީލް 15 އަދި މޭ 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 5 އެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްރީލް 14 އަދި މޭ 5 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް އެކަން އަންގަންވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހއ. ކެލާއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގެ ފަޅުތެރޭގައި ރިސޯޓެއް އަދި ރަށުގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ހިންގުމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މިއީ ރައީސްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން ވަޢުދެއް ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް