ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ފިތުރު އީދު ދުވަހުވެސް އިސްރާއީލުން ޣައްޒާގައި 64 މީހުން ޝަހީދުކުރި

kulli khabaru

ފަލަސްޠީނުގެ އޮފިޝަލުން ބުނާ ގޮތުގައި ޢީދުލް ފިޠުރުގެ ފުރަތަމަ ދުވަހު އިސްރާއީލުގެ ބާރުތަކުން ޣައްޒާގައި މަދުވެގެން 64 މީހުން، އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ގޮތަށް، ޝަހީދުކޮށްފައިވެއެވެ.

ފަލަސްޠީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީ.އާރް.ސީ.އެސް) އިން ވަނީ 8 މެޑިކަލް މުވައްޒަފުންނާއި، 5 ސިވިލް ޑިފެންސް މަސައްކަތްތެރިންނާއި، އަދި އ.ދ ގެ މުވައްޒަފެއްގެ ހަށިގަނޑު ހޯދާފައެވެ. މިއީ އެ މީހުންގެ އުޅަނދުތަކަށް ދެކުނު ޣައްޒާގެ ރަފާ ސަރަޙައްދުގައި އިސްރާއީލުގެ ހަމަލާ އަމާޒުވިތާ ހަފްތާއެއް ފަހުންނެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައި.އެފް.އާރް.ސީ) އިން މި މަރުތައް ކުށްވެރިކޮށް، މިއީ 2017 އިން ފެށިގެން ދުނިޔޭގެ އެއްވެސް ތަނެއްގައި އެ ޖަމްޢިއްޔާގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ދެވުނު އެންމެ މަރުގެ އަދަދު ގިނަ ހަމަލާ ކަމުގައި ބުނެފައިވެއެވެ.

ޣައްޒާގެ ޞިއްޙީ މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދޭ ހަނގުރާމައިގައި މަދުވެގެން 50،277 ފަލަސްޠީނުން ޝަހީދުކޮށްފައިވާކަން ޔަޤީންވެފައިވާ އިރު، 114،095 މީހުން ޒަޚަމްވެފައިވެއެވެ. ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ގާތްގަނޑަކަށް ދެ މަސް ކުރިން ޝަހީދުކުރި މީހުންގެ އަދަދު އަޕްޑޭޓްކޮށް، 61،700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިިވާކަމަށް ބުނެފައިވެއެވެ. އަދި ވެއްޔާއި ސިމެންތި ތެރޭގައި ގެއްލިފައިވާ ހާހުން މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ.

2023 އޮކްޓޯބަރު 7 ގައި ހަމާސްގެ އިސްނެގުމުގައި ދެވުނު ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1،139 މީހުން މަރުވެފައިވާ އިރު، 200 އަށްވުރެ ގިނަ މީހުން ރަހީނުންގެ ގޮތުގައި ގެންދެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement