ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢީދު ފާހަގަކުރަން ސެންޓްރަލް ޕާކުގައި ޑްރޯންޝޯއަކާއެކު ހަވާއަރުވައިފި

ޢީދު ފާހަގަކުރުމުގެ ގޮތުން ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާއި ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވިއްޖެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތްތަކުގެ ތެރެއިން، ޑްރޯން ޝޯ ކުރިއަށް ގެންދެވުނީ އިއްޔެ ރޭ 20:30 ގައި ސެންޓްރަލް ޕާކުގައެވެ. މި ޝޯ 30 މިނެޓުގެ މުއްދަތަށް ކުރިއަށް ގެންދެވުނެވެ.

ޑްރޯން ޝޯގައި އިސްލާމީ ޝިޢާރުތަކާއި، ދިވެހި ސަގާފަތާ ގުޅުންހުރި މަންޒަރުތަކުގެ އިތުރުން އެޗްޑީސީއާ ގުޅުންހުރި ތަސްވީރުތައް ދެއްކުނެވެ. އަދި ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންގެ ހަނދާން އާކުރުމުގެ ގޮތުން، ފަލަސްތީނުގެ ދިދަ ހިތެއްގެ ސިފައިގައި ދައްކާލެވުނެވެ. ޑްރޯން ޝޯގެ ފަހުން ސެންޓްރަލް ޕާކުގައި ހަވާއެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދެވުނެވެ. މި ހަރަކާތްތައް ބަލައިލުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަޙައްދަށް ޖަމާވިއެވެ.

ޢީދު ފާހަގަކުރުމުގެ ގޮތުން މާލޭގައި އިތުރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 29 at 18.59.14

ކުނބުރުދު އާއި މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި