ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެމަސް ތެރޭގައި 550 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ފެށޭނެ: ރައީސް

ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި 550 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެހައި ރަށްތައް ހިމެނޭގޮތަށް 550 އަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށް އިޢުލާނުކުރައްވާފައެވެ. މި މުހިންމު އިޢުލާނު ރައީސް ކުރެއްވީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް އަދި ފިޓްނަސް ސެންޓަރެއް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، މަސްވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށަކުން އެސްޓީއޯއިން ވިއްކާ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާނެއެވެ. އަދި ސަރުކާރުން އިޤްތިޞާދު މެނޭޖްކުރަމުން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރު ރައްޔިތުންނަށް ފެނިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މި އަހަރާއި އަންނަ އަހަރަކީ ދިވެހިރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފެށި، ކުރިއަށްދާނެ ދެ އަހަރު ކަމުގައި ސަރުކާރުން ވަނީ ކުރިން ވެސް ހާމަކުރައްވާފައެވެ. އަދި މިކަމަށް މި އަހަރުގެ ބަޖެޓުގައި ވެސް ބޮޑު ޢަދަދެއް ޚާއްޞަކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް