ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފަލަސްޠީނުގެ ބިމުގައި ޔަހޫދީން އާބާދުކުރުމަށް ކުރާމަސައްކަތްތައް ރާއްޖެއިން ކުށްވެރިކޮށްފި

ދިވެހި ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ބަޔާނުގައި، އިސްރާއީލުން މި ކުރަމުންދާ މަސައްކަތްތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ ފުށުއަރާ އަދި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލުތަކެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން މަޖުބޫރުން ނެރުމަށް އިސްރާއީލު ސަރުކާރުން އޭޖެންސީއެއް ޤާއިމުކުރުމަށް ނިންމާފައިވާ ނިންމުމާއި، ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީއަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ރާވާފައިވާ ރޭވުންތަކަކީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތަކެވެ.

މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މިފަދަ ޢަމަލުތަކަކީ ސަރަޙައްދުގެ ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެއްކަމަށެވެ. އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވުމުންކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށް މި ބަޔާނުގައި ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!

ގަލެއް އެއްލީ ކަމަށް ބުނެ ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

އަބޫ އުބައިދާއަކީ އަސްލު ކާކުކަން ހާމަކޮށް، ހަމާސްގެ އަސްކަރީ ތަރުޖަމާނަކަށް އައުބޭފުޅަކު އައްޔަންކޮށްފި

މުޅި ހުޅަނގު އައްސޭރި ރެއިޑްކޮށް އިސްތިއުމާރީ ސިފައިންނާއި، ޔަހޫދީ ވަޒަންވެރިން ހިންގާ ޖަރީމާތައް ފުޅާކޮށްފި

TTH_advertisement