ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ: ރައީސް

ޓިއުބަރކިއުލޯސިސް (ޓީބީ) ރާއްޖެއިން ނައްތާލުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާ ދެއްކެވީ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން އިޖުތިމާޢީ ވިއުގަތަކުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށް ގެންދެވެނީ ސާބިތުކަމާއެކު ކަމަށެވެ. މިގޮތުން، ޓިއުބަރކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ފޯރުކޮށްދިނުން ފަދަ ފިޔަވަޅުތަކާއެކު ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ބަލި އަވަހަށް ދެނެގަތުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމާއި ފުރިހަމަ ފަރުވާ ކަށަވަރުކުރުމަށްޓަކައިވެސް ސާބިތުކަމާއެކު މަސައްކަތްތަކެއް ކުރެވކުރެވެމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ 1998 ވަނަ އަހަރުން ފެށިގެން ޓީބީ ކޭސްތައް ދެނެގަތުމުގައި 70 އިންސައްތަ އަދި ބަލިން ފަސޭހަކުރުމުގައި 85 އިންސައްތަ ހާސިލުކޮށްފައިވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް