ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ޚާއްސަ ޝުކުރު އިމިގްރޭޝަންގެ 75 އަހަރުގެ ހުރިހާ ޚިދުމަތްތެރިންނަށް

ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފެށިތާ މިއަހަރު 75 އަހަރު ފުރިގެންދާއިރު، މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިމިގްރޭޝަންގެ އެންމެހައި ޚިދުމަތްތެރިންނަށް ޚާއްސަ ޝުކުރެއް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި، އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި އެންމެހައި ޚިދުމަތްތެރިންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.

ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިފައިވަނީ 1950 ވަނަ އަހަރުއެވެ. އެ ދުވަސްވަރު “މޯލްޑިވިއަން ޕާސް” ގެ ނަމުގައި ދަތުރުކުރުމަށް ޚާއްސަ ލިޔުމެއް ދޫކުރަން ފަށައި، މި ލިޔުން ބޭނުންކުރަން ފެށިފައިވަނީ ދިވެހިރާއްޖެއާއި ސިލޯނާ ދެމެދު ވިޔަފާރީގެ ބޭނުމަށެވެ.

އޭގެ ފަހުން، 1964 ވަނަ އަހަރު ދިވެހި ޕާސްޕޯޓް ތަޢާރަފުކުރެވި، އިމިގްރޭޝަންގެ ޚިދުމަތް އިތުރަށް ފުޅާކުރެވުނެވެ. މިހާރު ދިވެހިރާއްޖޭގައި ބޭނުންކުރަމުންދަނީ 2016 ވަނަ އަހަރު ތަޢާރަފުކުރެވުނު ދެވަނަ ޖީލުގެ އިލެކްޓްރޯނިކް ޕާސްޕޯޓެވެ.

މި 75 އަހަރުގެ ތެރޭގައި އިމިގްރޭޝަންގެ ޚިދުމަތް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ. މި ދާއިރާގެ ތަރައްޤީއަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކުގެ އަގުވަޒަންކުރުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

immigration

ފަހު 10 ގައި އިމިގްރޭޝަނުން ހިދުމަތްތައް ލިބޭނެ ދުވަސްތަކާއި ގަޑިތައް އިއުލާން ކޮށްފި

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް