ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާރަންދޫގައި ބީއެމްއެލް އެޓީއެމްގެ ޚިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، ހއ. މާރަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ރަސްމީކްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު އަލްފާޟިލް ޠާރިޤް އިބްރާހީމެވެ.

މާރަންދޫގައި މި ޚިދުމަތް ޤާއިމުކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސްއާއި މާރަންދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވ ދުވަހުއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2024 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެކެވެ. މި މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ރާވާފައެވެ.

މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓ އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިހާތަނަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ 90 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި، ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި