ކުއްލި ޚަބަރު

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ހުޅުމާލޭ ފޭސް އެކެއްގައި އެސްޓީއޯގެ އިތުރު ފާމަސީއެއް ހުޅުވައިފި

75 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައެޅި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ޝަމްއާންއާ ގުޅިގެން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

shamaan-officers-crime
ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި މީހުން — ފޮޓޯ: ޕޮލިސް

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

އެ މައްސަލައިގައި އިމިގްރޭޝަންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އިން މިރޭ ބުނީ އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި މީހުންނަކީ ތ. ބުރުނި، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލް (21އ) އާއި ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު (37)ގެ އިތުރުން ހަމަ އެ ގޭ ހަސަން ސަހެޝާން (47އ) ކަމަށެވެ. އަދި ހުކުރު ދުވަހު ހައްޔަރުކުރީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ގ. ލިޓޯނިޔާ، މުހައްމަދު ޝަމްއާން ވަހީދު (36އ) ކަމަށް ފުލުހުން ބުންޏެވެ.

އެ ހަތަރު މީހުންގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ މ. ހަޒާރީ ވިލާ، އަހުމަދު ލައްސާން (40އ) ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ވަނީ ޝަމްއާންގެ އާއިލާ މެންބަރެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ދެ މީހަކު ފުރުން މަނާކޮށްފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ހިފަހައްޓާފައިވަނީ ޝަމްއާންގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދު މުއްދަތު ކޯޓުން ވަނީ އިއްޔެ ޖަހައިދީފައެވެ. ޝަމްއާންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާ އިރު، ދެ މީހަކު 10 ދުވަހަށް އަދި އެކަކު ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އާދަކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށް ހަދައިފައިވާކަން އެނގިފައިވާ ކަަމަށެވެ.

އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވާ ކަމަށާއި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

“މީގެ އިތުރުން، އިސްވެ ދެންނެވުނު ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 2025 މާޗު 21 ވަނަ ދުވަހާ ހަމައަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުން ދިޔަ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ..،” ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސްފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަހުމަދު ޙަމްދުﷲ ރަޝީދު
ވަޒީފާއަކަށްދަނީ އެ ވަޒީފާ އަދާކުރުމުން ތިމާއަށް ބަލަދުއަރާ މީހުންގެ ޙަރަދުބަރަދު ބެލެހެއްޓޭނެ ވަރުގެ އުޖޫރައެއް ލިބޭ ވަޒީފާއެއްވީމަދެއްތޮ؟ ދެން މަގާމުގެ ނުފޫޒުބޭނުންކޮށް ރިޝްވަތާ ކޮރަޕްޝަނާ ޙިޔާނާތްތެރިވުމަކީ ކިހާބޮޑު ފާފައެއްކަން ނޭނގެނީތަ؟ އެފަދަ މުދަލާފައިސާއިން ބޭނުންކޮށް އެ ތިމާއަށް ބަލަދުއަރާމީހުނަށް ކާންބޯން އުނުއަންނަންދިނުމަކީކިހާބޮޑު ޖަރީމާއެއްކަން ހަމަ ނޭނގެނީތަ؟
އ އަހުމަދު ޙަމްދުﷲ ރަޝީދު
ވަޒީފާއަކަށްދަނީ އެ ވަޒީފާ އަދާކުރުމުން ތިމާއަށް ބަލަދުއަރާ މީހުންގެ ޙަރަދުބަރަދު ބެލެހެއްޓޭނެ ވަރުގެ އުޖޫރައެއް ލިބޭ ވަޒީފާއެއްވީމަދރއްތޮ؟ ދރން މަގާމުގެ ނުފޫޒުބޭނުންކޮށް ތިޝްވަތާކޮތަޕްޝަނާ ޙިޔާނާތްތެރިވުމަކީ ކިހާބޮޑު ފާފައެއްކަން ނޭނގެނީތަ؟ އެފަދަ މުދަލާފައިސާއިން ބޭނުންކޮށް އެ ތިމާއަށް ބަލަދުއަރާމީހުނަށް ކާންބޯން އުނުއަންނަންދިނުމަކީކިހާބޮޑު ޖަރީމާއެއްކްން ހަމަނޭނގެނީތަ؟

ގުޅުންހުރި

muizzu-councils

ރައީސް މަސައްކަތްކުރައްވަނީ ކައުންސިލުތަކަށް މާލީ ބާރުވެރިކަން ހޯދައިދޭން: އާދަމް ޝަރީފް

K8syow847yftjbkxzwixdeos3oj9iy7r7gnyrzdi

ޔޮޓެއް ފަރަކަށް އެރުވުމުން ލިބުނު ގެއްލުންތަކަށް ހަތަރު މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

372251 3 2b65be570381b1eaebeb8b3a28290ce1de256ecb large

ހަތް މަސް ދުވަހު އަރަނި ބަޖެޓެއް، ތާރީހީ ރެކޯޑެއް

378137 b81e16c0 7

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ELL Mobile Advertisement TTH_advertisement