ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަޅުގައި އަޅާފައި އޮންނަ އުޅަނދުތަކުގައި ފަޅުވެރިން ތިބެން އަންގައިފި

111956 3 eb1dc3c8a101d08882b3c6ce5e51d27b3cdea96e large
މާރުކޭޓު ސަރަހައްދު ފަޅުތެރޭގައި އަޅާފައިވާ ދޯނިތަކެއް — ފޮޓޯ: މިހާރު

ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދު ބެލެހެއްޓުމަށް އެކަށީގެންވާ ފަޅުވެރިން ތިބެން އަންގައި، ނުތިބޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލިލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުންގެ މުދަލަށް ގެއްލުންވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމުކަމެއް ކަމަށް އިއުލާނުގައި ބުންޏެވެ.

“އަދި އެގޮތަށް ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަކާ މެދު ‘ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު’ ގެ 44 ވަނަ މާއްދާގެ (ފ) ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ އާންމުކޮށް އަންގާ އިއުލާންކުރީމެވެ..،” މިނިސްޓްރީން ބުންޏެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގެ އެ މާއްދާއަކީ ގަވާއިދާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރެވޭނެ އަދަދުތައް ބަޔާންކުރާ މާއްދާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަހުމަދު ޙަމްދުﷲ ރަޝީދު
ދޯނިފަހަރާ މުދަލާ މީހުންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ތީ ބަރާބަރު ނިންމުމެއް

ގުޅުންހުރި

43

ރާއްޖެއަށް އިތުރު އެއާލައިންތައް ގެންނަން ސަރުކާރުން ނިންމައިފި

78

އެމްބިއުލާންސަށް ދިޔަނުދީ މަގު ބްލޮކްކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

78

އެމްބިއުލާންސަށް ޖާގަނުދީ މަގު ބަންދުކޮށްގެން މުދާ ބޭލުވި ޕިކަޕް ޑްރައިވަރުގެ މައްސަލަ ބަލަނީ

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ