ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާންތީގެ ޖަނާޒާ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި އޮންނާނެ ކަމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ފުޓްބޯޅައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު ސާންތީ ނިޔާވެވަޑައިގަތީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭގެ ވަގުތެއްގައެވެ.

މަރުޙޫމްގެ މޫނުދެއްކުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ޖަނާޒާ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މަރުޙޫމްގެ ހަށިކޮޅު ވަޅުލުމަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުޅިވަރުގެ ދާއިރާގެ އެންމެހައި ޚިދުމަތްތެރީންނަށާއި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. މީގެ އިތުރުން، ކުޅިވަރަށް ލޯބިކުރާ އެކި ފަރާތްތަކުން ވެސް ވަނީ މި ހިތާމައިގައި ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކޮށްފައެވެ.

ގިނަ ބަޔަކަށް ސާންތީ އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ހައިސިއްޔަތުންނެވެ. އޭނާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދައިދިން ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ދިވެހިންނަށް ކާމިޔާބުކޮށްދިނުމުގައި އޭނާ އަދާކުރެއްވީ އަގުހުރި އަދި ފާހަގަކޮށްލެވޭ ދައުރެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Ahmed
Galolhu saharaa in thankolheh nulibuneetha

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު