ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްއިން އަނެއްކާވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ކްލިއަރ ކޮށްދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަނެއްކާވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ކްލިއަރ ކޮށްދީފިއެވެ. މިފަހަރުގެ ރަމަޟާން މަހުގައި ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފަހައްޓައި ދިނުމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އެމްޕީއެލްއިން ފާއިތުވެދިޔަ ދެ ދުވަސް ތެރޭގައި ވަނީ 600 ކޭސް ކުކުޅު ބިހާއި 300 ބަސްތާ ފިޔާ ކްލިއަރ ކޮށްދީފައެވެ.

އެމްޕީއެލްގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ބުނެފަިއވަނީ މިއަދު އެންމެ ގިނައިން ކްލިއަރކޮށްދީފައި ވަނީ ޓޮމާޓޯ އާއި ފަތްކޭލެވެ. ޓޮމާޓޯ 333 ފޮށި ކްލިއަރ ކޮށްދީފައިވާއިރު، ފަތްކޭލުގެ 120 ގަނޑު ވަނީ ކްލިއަރ ކޮށްދީީފައެވެ. ނަމަވެސް، ރޯދަ މަހުގެ ފަހު 10 އެއްގެ ފުރަތަމަ ދުވަހަށް ބަލާއިރު، އެހެން ދުވަސް ދުވަހާ އަޅާބަލާއިރު މާލޭ ވިޔަފާރި ބަނދަރަށް ބާލާފައިވާ ކާބޯތަކެތީގެ އަދަދު މަދުކަން ފާހަގަކުރެއްވިއެވެ.

މިފަހަރުގެ ރަމަޟާން މަހަކީ މިފަހަކަށް އައިސް ބާޒާރުގައި އާންމުކޮށް ދިވެހިން ކެއުމަެއުމަށް ބޭނުންކުރާ ކާބޯތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުނު ހަމައެކަނި ރޯދަ މަހެވެ. އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި އެމްޕީއެލްއިން ވަނީ، އަވަހަށް ހަލާކުވާ ބާވަތުގެ ކާބޯތަކެތި އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމްތައް މިފަހަރު ހަމަޖައްސައި ދީފައެވެ. – އިމްޕީއެލް

މި އަހަރުގެ ރަމަޟާން މަހު ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމްޕީއެލްއިން މިފަދަ ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ތާޒާ ކާބޯތަކެތި އަތްފޯރާ އަގެއްގައި ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ތަރައްގީކުރާ އައު ވިޔަފާރި ބަނދަރުގެ “ޖިއޯ ޓެކްނިކަލް” ސަރވޭ ފަށައިފި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި