ކުއްލި ޚަބަރު

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެބެއިން ހައްޔަރުކޮށްފި

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށްފި

Gkyusgixkaauwx3
އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު — ފޮޓޯ: އިމިގްރޭޝަން

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި ޝަމްއާން، މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވީ ނަމަވެސް، އޭނާ ވަކިކުރީ ކޮން މައްސަލައެއްގައިކަން ކަށަވަރުކުރެވިފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުން ރަސްމީ ބަހެއް ބުނެފައެއް ވެސް ނުވެއެވެ.

ޝަމްއާން މަގާމުން ވަކިކޮށްފައިވާ އިރު، ފުލުހުން މިރޭ ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ތަހުގީގު ފަށައިފައެވެ.

އެ މައްސަލައާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންގެ ތެރޭގައި ހިމެނެނީ ކޮން ބައެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނޫސްވެރިކަމުގެ އިނާމް: ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

ހުވާވޭ ކުންފުނީގެ އައިސީޓީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި 4 ދަރިވަރަކަށް

saeed

ވީއައިއޭގެ ދަރަނީގެ ހިއްސާދާރުންނަކީ އެމްޑީޕީ: ސައީދު

sujaa

އެސްއޯއީ ކޮމެޓީންވެސް ޝުޖާއު ވަކިކޮށްފި

ELL Mobile Advertisement TTH_advertisement