ކުއްލި ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ގެމަނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފި

ތިލަފުށީގައި ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ތިލަފުށްޓަށް ވަޑައިގެން، ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ ކުރިއެރުން ބައްލަވާލައްވައިފިއެވެ.

މި މަޝްރޫޢަކީ ދެ ފިޔަވައްސަކަށް ބެހިގެން ކުރިއަށްދާ، ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އަމާޒުކުރެވިފައިވާ މަޝްރޫޢެކެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭ.އެފް.ޕީ.އާރު) ގެ އެހީތެރިކަމާއެކު ދިވެހި ސަރުކާރުގެ ފަންޑިންގ އާއެކު މި މަޝްރޫޢު ކުރިއަށްދެއެވެ.

މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަމާޒުކުރެވިފައިވަނީ މާލެ ސަރަޙައްދާއި އެހެނިހެން ރަށްރަށުން ކުނި ނެގުމާއި، އުފުލުމާއި، ނައްތާލުމުގެ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށެވެ. މީގެ ތެރޭގައި ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީ އަޕްގްރޭޑްކުރުމާއި، އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ޤާއިމުކުރުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިންގ ޕްލާންޓެއް އަދި ބައު އުޅަނދުފަހަރު ނައްތާލުމަށް ޚާއްޞަ ޕްލާންޓެއް ތަރައްޤީކުރުން ހިމެނެއެވެ. އަދި ރަށްރަށުގެ މެދުގައި ކުނި އުފުލުމަށް އައު އުޅަނދެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް-ޓު-އެނާޖީ (ޑަބްލިއު.ޓީ.އީ) ޓެކްނޮލޮޖީ ތަޢާރަފުކޮށް، ދުވާލަކު އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ އަމާޒަކީ ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، ކުނި ޓްރީޓްކުރުމާއި، ރީސައިކަލްކުރުމާއި، ނައްތާލުމުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމާއި، ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓުގެ ތަޣައްޔަރުކަން ކުޑަކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެނެވިފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް ބައްލަވާލެއްވިއެވެ. މީގެ ތެރޭގައި ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފެށި، ދުވާލަކު 76 ބޭލްގެ ކުނި އުފރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެނެވިފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް ބައްލަވާލެއްވިއެވެ. މީގެ ތެރޭގައި ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފެށި، ދުވާލަކު 76 ބޭލްގެ ކުނި އުފެއްދުމާއި، ޖާގައިގެ އެންމެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި 991 ކުނި ބޭލް އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ރިސޯޓުތަކުން އުފައްދާ ކުނި ޖަމާކުރާ ސަރަހައްދަށް އުޅަނދުފަހަރު ހުސްކޮށް އަނބުރާ ފޮނުވާލުމަށް ހޭދަވާ ވަގުތު 1 ދުވަހުން 1 ގަޑިއިރަށް ކުޑަކުރެވި، ލޭންޑިންގ ކްރާފްޓް އޯފްލޯޑްކުރާ ސަރަހައްދުގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތު 3 ދުވަހުން 5 ގަޑިއިރަށް ކުޑަކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

އިތުރު ކުރިއެރުންތަކުގެ ތެރޭގައި:

– އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާއެކު ފެސިލިޓީގެ ސެކިއުރިޓީ ވަރުގަދަކުރެވިފައިވުން
– ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6500 ޓަނުގެ ކުނި ލޭންޑްފިލް ކަވަރގެ ގޮތުގައި އަލުން ބޭނުންކުރެވިފައިވުން
– ކުރިއަށް އޮތް 2 އަހަރަށް ކުނި މެނޭޖްކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއް ތަރައްޤީކުރެވިފައިވުން

މި މަޝްރޫޢުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތެއްގައި ކުރިއަށްދިއުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

401926 3 eb6c223324d413f525732a1115588769d0cb6448 large

ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 127،000 ރުފިޔާގެ ޖޫރިމަނާ

mtcc

“ޔަންމާ ސްޕެއާ ޕްރޮމޯ” ފަށައިފި

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ

TTH_advertisement ELL Mobile Advertisement