ކުއްލި ޚަބަރު

ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސްގެ ޚިދުމަތެއް ފަށައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި 72 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ތުރުކީން ހަދިޔާކުރި މަނަވަރާއި ޑްރޯންގެ އެހީގައި ރާއްޖޭގެ ދެކުނުގައި އޮޕަރޭޝަނެއް ފަށައިފި

ފަހު 10 އެއްގައި މަސައްކަތަށް ނުކުންނަނަމަ މުވައްޒަފުންނަށް އިނާޔަތެއް ދެނީ

ރޯދަމަހުގެ ފަހު ދިހައެއްގައި މަސައްކަތަށް ނުކުންނަ ދައުލަތުގެ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުމާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް (ޕޭ ފްރޭމްވޯކް) ހަތްވަނަ އިޞްލާޙު ގެނެސްފައެވެ. މި އިޞްލާޙުގެ ދަށުން:

1. ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ޙާޟިރީ އިނާޔަތެއް ދެވޭނެއެވެ.

2. ދައުލަތުގެ އައު މުސާރައިގެ އޮނިގަނޑުގެ ދަށުން މުސާރަ ލިބޭ މުވައްޒަފުންނަށް، ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް (ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި) އޮފީހަށް ޙާޟިރުނުވި ނަމަވެސް ޙާޟިރީ އިނާޔަތް ލިބޭނެއެވެ.

މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ. މީގެ މަޤްޞަދަކީ ރޯދަމަހުގެ ފަހު ދިހައެއްގައި ދީނީ ކަންކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމަށް މުވައްޒަފުންނަށް ފުރުޞަތު ދިނުމެވެ.

ނަމަވެސް، މި މުއްދަތުގައިވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކުން އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

civil service office

ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމާބެހޭ ޤަވާއިދު އިސްލާހުކޮށްފި

ސިޓީތަކާބެހޭ ވުޒާރާގެ އަހަރީ މުރާޖާ ފަށައިފި

finance

ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން މާލީ ޙާލަތަށް ބޮޑު ކުރިއެރުމެއް

ދަރަނީގެ މައްސަލަ ހައްލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ޒަމީރު

TTH_advertisement