ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ފުޓްބޯޅަ ޓީމު އިންޑިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗު މިއަދު އޮންނާނެ

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ދެ މުހިންމު މުބާރާތެއް ސީދާ ދެއްކުމަށް ހަމަޖެހިއްޖެއެވެ. މިގޮތުން، އިންޑިއާއާ ދެކޮޅަށް ކުޅޭ ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗާއި، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ސީދާ ފޮނުވުމަށް ވަނީ ނިންމާފައެވެ.

އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 18:30 ގައި، ޝިލޯންގުގެ ޖަވާހަރުލާލް ނެހުރޫ ސްޓޭޑިއަމްގައެވެ. އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ 16:00 ގައި ފިލިޕީންސްގައެވެ.

މި މެޗުތަކުގެ ޚާއްޞަ ކަވަރޭޖެއްގެ ގޮތުން، އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ-ޝޯވއެއް ހަވީރު 17:45 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯވގައި ރާއްޖޭގެ ފުޓްބޯޅައިގެ ފާހަގަކޮށްލެވޭ ތަޙުލީލުވެރިން ބައިވެރިވެ، ޤައުމީ ޓީމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރާނެއެވެ.

ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރި ގޮތުގައި، މި މެޗުތައް ސީދާ ފޮނުވުމުގެ ޙައްޤު ހޯދުމަށްފަހު، ދިވެހި ކުޅިވަރު ކުރިއެރުވުމަށާއި، ބެލުންތެރިންނަށް އެންމެ ފަހުގެ ކުޅިވަރުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

futsal team

ރާއްޖެ އަދި ބޫޓާން ބައްދަލުކުރާ މެޗު، މޮޅުވެއްޖެނަމަ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެ

އަމާޒަކީ ސާފް ފުޓްސަލް ތަށި މިފަހަރު ހޯދުން: އިމްރާން

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި