ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރަން ހަވާލުކޮށްފި

ރައީސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލްގެ މަސައްކަތުގެ ޙާލަތު ވަޒަންކުރެއްވުމަށް މިއަދު ވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ވަޒީރުންނާއި ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އެހެނިހެން އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންކަމުގައިވާ މުޖްތަބާ ލަޠީފާއި މުޙައްމަދު ލަމްޢާންގެ އިތުރުން އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން މި ޒިޔާރަތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްއޭސީއެލްއިން މިއަދު ހާމަކުރެއްވި ގޮތުގައި، އަންނަ އޮކްޓޯބަރު މަހު ޚިދުމަތްުމަތް ފެށުމަށް ނިންމާފައިވާ އައު ޓާމިނަލްގެ މަސައްކަތް ދަނީ އަވަސް ދުވެއްޔެއްގައި ކުރިއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ޓާމިނަލްގެ މުހިންމު ސަރަޙައްދުތަކަށް ވަޑައިގެން، މަސައްކަތުގެ ކުރިއެރުމާއި ރޭވިފައިވާ ޕްލޭންތަކާ ބެހޭ މަޢުލޫމާތު ސާފުކުރެއްވިއެވެ.

އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އައު ޓާމިނަލަކީ ވީއައިއޭގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ދަތުރުވެރިންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ވަސީލަތްތަކުން ފުރިހަމަ ޓާމިނަލެކެވެ. މި ޓާމިނަލް ޑިޒައިންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ތާރީޚާއި، ސަޤާފަތް ރަމްޒުކޮށްދޭ ގޮތަށްކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއްވިއެވެ.

ޖުމްލަ 72,000 އަކަފޫޓުގެ ބޮޑުމިނުގެ މި ޓާމިނަލްގައި 47 ޗެކް-އިން ކައުންޓަރާއި، 6 ސެލްފް-ސަރވިސް ކިއޮސްކާއި، އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިންގ ސިސްޓަމަކާއި، އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިންގ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއޭސީއެލްއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އައު ޓާމިނަލްގެ ސަބަބުން ވީއައިއޭގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޤައުމުގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

403812 a59f4bc3 b

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

112

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

112

ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރަން ހަވާލުކޮށްފި

112

ފިހާރައަކުން ފައިސާ ފޭރުނު ހަތް މަހަށް ޖަލަށްލައިފި

ELL Mobile Advertisement TTH_advertisement