ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ސްޓެލްކޯއިން އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފި

ސްޓޭޓް އިލެކްޓްރިކް ޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފިއެވެ. މި ނިޒާމަކީ އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ރާއްޖެއަށް ތަޢާރަފުކޮށް، އިލެކްޓްރިކް އުޅަނދުފަހަރު ޗާޖުކުރުމަށް ޚާއްޞަކޮށްގެން ޤާއިމުކޮށްފައިވާ ނިޒާމެކެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މި ނިޒާމު ޤާއިމުކުރުމުގެ މަޤްޞަދަކީ ދިވެހިންނަށް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމް ހަކަތައިގެ ދާއިރާއަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވުމެވެ.

މި މަޝްރޫޢުގެ ދަށުން، ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓަރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފުކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މި ބެޓަރީ ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރެވި، އޭގެ ބެޓަރީތަކާ ގުޅޭ ސައިކަލު ރާއްޖެ އެތެރެކުރުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި މި ބެޓަރީ ސިސްޓަމްތަކާއި، ކާރު ޗާޖުކުރުމަށް ޤާއިމުކޮށްފައިވާ އީވީ ޗާޖިންގ ސްޓޭޝަންތަކާއެކު، އިލެކްޓްރިކް އުޅަނދުފަހަރަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފަދަ އުޅަނދު ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

މީގެ އިތުރުން، އިލެކްޓްރިކް ސައިކަލުތަކުގެ ޓެސްޓް ރައިޑް ކުރުމުގެ ފުރުޞަތު ޢާންމުންނަށް ހުޅުވާލުމަށް ވެސް ރޭވިފައިވެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރަށް ޝައުޤުވެރިކަން އުފައްދައި، އެފަދަ އުޅަނދުތަކަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި އީވީ ޗާޖިންގ ސްޓޭޝަންތަކަށް ބޭނުންވާ ހފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި އީވީ ޗާޖިންގ ސްޓޭޝަންތަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިންނެވެ. އެހެންކަމުން މިއީ ސަރުކާރުން އަމާޒުހިފާފައިވާ 33 އިންސައްތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާ އިތުރު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.

“މިފަދަ ތިމާވެއްޓާ ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުޙަބާ ކިޔާނެ ބައެއް. މީގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، މި މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންގެ ސިއްޙަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ޤަބޫލުކުރަން،” ފަހުމީ ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ތަޢާރަފުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެށީގެ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ. މި ނިޒާމުގެ ސަބަބުން ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށާއި، ވައި ތަޣައްޔަރުވުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ. މި ނިޒާމު ފުޅާވެގެންދާ މިންވަރަކުން، ރާއްޖޭގައި އިލެކްޓްރިކް އުޅަނދުފަހަރުގެ ބޭނުންކުރުން އިތުރުވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

MTCC Advertisement TTH Advertisement