ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރެއްވުން ދިރާސާކުރުމަށް ކޮމިޓީއަށް

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރެއްވުމަށް ނިންމެވީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެގޮތަށް ލަފާ އަރުވާފައިވާތީއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި މަޤާމަށް ދެފަހަރެއްގެ މަތިން ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލައްވާފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މަރްޔަމް ނިހާޔަތާއި ޤާނޫނީ ވަކީލު ރުޝްދުﷲ އިބްރާހީމެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާ އުޞޫލުގެ ދަށުން، ޖޭއެސްސީން ލަފާ އެރުވުމުން ރައީސުލްޖުމްހޫރިއްޔާ އެ ނަންފުޅު މަޖިލީހަށް ފޮނުއްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި އެ ބޭފުޅަކު ފަނޑިޔާރުކަމަށް އައްޔަންކުރެވޭނީ މަޖިލީހުން ރުހުން ލިބިވަޑައިގަތުމަށްފަހުގައެވެ.

އަލްއުސްތާޛު ޙުސައިން ޝަހީދަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ، އަދި ޝަރުޢީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މެޖިސްޓްރޭޓް ކޯޓުތަކާއި ކްރިމިނަލް ކޯޓުގައި މަސައްކަތްކުރައްވާފައެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވުމަށްފަހު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމު ފުރުއްވަމުން ގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި