ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ގިނަ ބަޔަކު ޝަހީދުވެއްޖެ

މީޑިއާ ރިޕޯޓުތަކުގެ މައުލޫމާތު ދައްކާގޮތުގައި، އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާކަމަށް ވެއެވެ. މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެފައިވާ ކަމަށް ބުނެވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ ރަފާހް، ޚާން ޔޫނުސް، ދީރް އަލް ބަލާހް، ނުސީރަތު، އަލްބުރައިޖް، އަލް ޒައިތޫން، އަލް ކަރަމާ އަދި ބެއިތު ހަނޫން ފަދަ ޣައްޒާގެ އެކި ސަރަހައްދުތަކަށެވެ. އަލްޖަޒީރާ އަރަބިކް އާއި ރޮއިޓާސް ނިއުސް އެޖެންސީން ވެސް މި ހަމަލާތަކާ ގުޅޭ ރިޕޯޓުތައް ނެރެފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަމަލާތައް ފަށާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ހަމާސްއިން އިންކާރުކުރުމާ ގުޅިގެންނެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެފައިވަނީ މި ހަމަލާތަކުގެ މަޤްޞަދަކީ ހަމާސްގެ އަސްކަރީ އަދި ވެރިކަމުގެ ޤާބިލުކަން ނައްތާލުމާއި، ޣައްޒާގައި ބަންދުގައި ތިބި އިސްރާއީލީ ރައްޔިތުން އަނބުރާ ގެނައުން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ދެފަރާތުގެ މެދުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ