ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައްސާނާއި ޒަމީރު އަދި އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

Ghassan-Ihusaan-Zameer
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު — ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، އެ ތިން މިނިސްޓަރުން ހާޒިރުކުރުމަށް ހުށަހެޅުއްވީ، ބިރުދެއްކުމާއި ފައިސާ ޗާޕުކުރުން އަދި މިސައިލު ގަތުމާ ގުޅޭގޮތުން ސުވާލުކުރެއްވުމަށެވެ.

ހޯމްލޭންޑް މިނިސްޓަރު އިހުސާންއާ މީކާއީލް ކުރައްވަނީ، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދެއްކެވި ކަމަށްބުނާ މައްސަލައިގައި އޭނާއަށް ފުލުހުން ރައްކާތެރިކަން ފޯރުކޮށްދީފައިވޭތޯ އެވެ.

ފިނޭންސް މިނިސްޓަރު ޒަމީރަށް މީކާއީލް ކުރައްވާ ސުވާލަކީ، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން 14 ބިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމަށް ނިންމާފައިވާ އިރު، އެކަމުގެ ސަބަބުން ކުރިން އިގުތިސާދުގައި ދައުރުވަމުން ނުދާ، އާ ދިވެހި ރުފިޔާ އިގުތިސާދުގައި ދައުރުވާން ފަށާނެ ކަމަށް ގަބޫލުކުރެއްވޭތޯ އެވެ.

އޭގެ އިތުރުން ޑިފެންސް މިނިސްޓަރު ގައްސާންއާ ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ، ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެއްވެސް ބާވަތެއްގެ މިސައިލެއް ގަތުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށްގެންދޭތޯ ބެލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި