ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލު ފޮނުވާލީ އުސޫލާ ފުށުއަރާތީ: ރައީސް

Mgeubhtqom9tmaqtv1gyv3j5voyhcdamxsrnhouv
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާއަށް ވަޑައިގެންނެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މަރުހަބާ ދަންނަވަނީ — ފޮޓޯ: މަޖިލިސް އިދާރާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ތަސްދީގު ނުކުރައްވައި ފޮނުވާލެއްވީ، ފަނޑިޔާރުން ވަކިކޮށްގެން ނުވާނެ ކަމަަށް ބަޔާންކުރާ އުސޫލާ ފުށުއަރާ، އިންސާފާ ދުރު އިސްލާހަކަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

އެ ބިލާ މެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ފަނޑިޔާރުން ތަބާވާން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ، މަސައްކަތްކުރާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރު ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލު ކުރެވިގެން، އެ ފަނޑިޔާރު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށް ބަޔާންކޮށްފައިވާކަން ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށްޓަކައި، މަދުކުރަން ޖެހޭ ފަނޑިޔާރުންގެ ނަންތައް އެ ބިލު ތަސްދީގުކުރައްވާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި އެ ފަނޑިޔާރުން ވަކި ކުރުމާ މެދު ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމަންވާނެ ކަމަށް ބިލުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފެށުމުން ފަނޑިޔާރުން ވަކިކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ތަންފީޒުކުރަން ޖެހޭ އިރު، އެ އިޖުރާއަތަކީ ފަނޑިޔާރަކު މަގާމުން ވަކިކޮށްގެންނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނާ އުސޫލާ ފުށުއަރާ ގޮތަށް ހިންގޭނެ އިޖުރާއަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ޖޭއެސްސީން އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަަލަމުންދާ އިރު، އެ މައްސަލަތައް ވަކި ގޮތަކަށް ނިންމާފައިނުވާ ހާލަތުގައި، ފަނޑިޔާރު ކަމަށް ގާބިލު ނޫން ކަމަށް އެ ބިލުގައި ކަނޑައަޅާފައިވާ އިޖުރާއަތު ހިންގުމަކީ އިންސާފުވެރި އަދި ހަމަހަމަކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލުވާގޮތަށް ފަނޑިޔާރުންގެ ގާބިލުކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މައްސަލަތަކާ މެދު ވަކި ގޮތެއް ނިމުމުގެ ކުރިން، ބިލުގައި ކަނޑައަޅާފައިވާ ގޮތަށް އަދި އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމަށް ގާބިލު ނޫން ފަނޑިޔާރުން ކަނޑައެޅުމުގެ އިޖުރާއަތު ހިންގުމަކީ، ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ފުށުއަރާ، އިންސާފުވެރިކަމާ ދުރު އަދި ހަމަހަމަކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާބިލުކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެ ކަމަކަށްވާނެތީ، އެ ބިލު ތަސްދީގުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި