ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން ދޭ އެވޯޑަކަށް ކުރިމަތިލާން ހުޅުވާލައިފި

“ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2025” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ނަރުހުންނާއި ފޫޅުމައިންގެ ދާއިރާގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރުމަށް ދެވޭ ޚާއްޞަ އެވޯޑެކެވެ. ތައިލޭންޑްގެ ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ދެމުންދާ މި އެވޯޑަށް ދިވެހިންނަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޞިއްޙީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 އޭޕްރީލް 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ނޮމިނޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، އެ ވުޒާރާގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށް އެޑްރެސްކޮށް ހުށަހެޅިދާނެއެވެ. މީގެ އިތުރުން، އެ ޑިވިޜަންގެ އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވުޒާރާގެ އީމެއިލް މެދުވެރިކޮށް އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ އެ ވުޒާރާގެ ކައުންޓަރުންނެވެ.

މި އެވޯޑާ ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އަދި ޞިއްޙީ ވުޒާރާއަށް މެއިލްކުރުމުން އިތުރު ތަފްޞީލު ހޯދިދާނެކަމަށް އެ ވުޒާރާއިން އަންގަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޞިއްޙީ ޚިދުމަތް ތަރައްޤީކުރަން އައިއެސްޑީބީ އިން 6.2 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް

މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީ

6 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފި

ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރަން ނޭޕާލާ އެކު މަޝްވަރާކޮށްފި

TTH_advertisement