ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީލައިފްއާއެކު ހެދި އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި

Big p0ejpdozizhiivfmfqcs3epx0
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) —

ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް ހެދުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް ހަދަން އެޗްޑީސީގެ ފަރާތުން ސީލައިފްއާ ހަވާލުކުރީ 13 މާޗް 2014 ގައެވެ. ނަމަވެސް ސީލައިފުން އެ އެއްބަސްވުމާ ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައިގައި އެޗްޑީސީން ސީލައިފްއާއެކު ހަދާފައި އޮތް އެއްބަސްވުން 24 ޑިސެމްބަރު 2018 ގައި ބާތިލުކުރިއެވެ.

އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެކަން ކޮށްފައިވަނީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެޗްޑީސީގެ ފަރާތުން އެކަމުގެ ބަދަލު ހޯދުމަށް ސީލައިފްގެ ފަރާތުން ވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މައްސަލަ ހުށަހަޅައިފައެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުންޏާއި ސީލައިފާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެ ކޯޕަރޭޝަނުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި، އެކަމާ ގުޅިގެން ސީލައިފަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުން މިއަދު ކަނޑައަޅާފައިވާ ކަމަށެވެ.

ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށްގެންދާ އެފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދުގައި އެ ކޯޕަރޭޝަނުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް އެޗްޑީސީން ފަށައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި