ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ނުވަ ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތް އަޅަން 627 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

5s

ނުވަ ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ކުރުމަށް 627 މިލިއަން ރުފިޔާއަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

އެމްޓީސީސީ އާ ހަވާލުކުރި 4 ރަށަކީ:

  • ނ. ފޮއްދޫ ސިއްހީ މަރުކަޒު އިމާރާތްކުރުން – 26,878,072.40 ރުފިޔާ
  • ށ. މާއުނގޫދޫ ސިއްހީ މަރުކަޒު އިމާރާތްކުރުން – 27,219,325.40 ރުފިޔާ
  • ވ. ފެލިދޫ ހޮސްޕިޓަލް އިމާރާތްކުރުން – 105,360,655.93 ރުފިޔާ
  • ތ. ވިލުފުށި ހޮސްޕިޓަލް އިމާރާތްކުރުން – 105,132,701.20 ރުފިޔާ

އެ ހަތަރު ރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.

އާރުޑީސީ އާ ހަވާލުކުރި 3 ރަށަކީ:

  • ކ. ގާފަރު ސިއްހީ މަރުކަޒު އިމާރާތްކުރުން – 26,819,434.82 ރުފިޔާ
  • ހދ. ހަނިމާދޫ ހޮސްޕިޓަލް އިމާރާތްކުރުން – 104,834,778.55 ރުފިޔާ
  • އދ. މާމިގިލީ ހޮސްޕިޓަލް އިމާރާތްކުރުން – 105,004,634.47 ރުފިޔާ

އޭގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކުރާ ދަމަނަވެށީގެ މަސައްކަތް ވެސް ހަވާލުކުރީ އާރުޑީސީ އާ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 23,113,061.08 ރުފިޔާ އަށެވެ.

އެ ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ:

  • ހދ. މަކުނުދޫ ސިއްހީ މަރުކަޒު އިމާރާތްކުރުން: 103,595,304.83 ރުފިޔާ

މަކުނުދޫގައި ސިއްހީ މަރުކަޒުގައި އާ އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމެވެ. ފެނަކައިގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

Big 9yanjxlfte6rlue58beoup11l 850x548

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާ 

112

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

މީރާ

ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް، މަސައްކަތް އެބަ ކުރިއަށްދޭ: ކޮމިޝަނަރު

TTH_advertisement ELL Mobile Advertisement