ކުއްލި ޚަބަރު

ރަޝިޔާއަށް ބާރުގަދަ ބިންހެލުމެއް، ސީދާ ނުރައްކާ ރާއްޖެއަކަށް ނެތް

މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ބަންދުކުރަން ހުށަހަޅާފައިވާ ބިލެއް ނޫން: ފަލާހް

ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާ ގުޅޭ ޤަރާރު ފާސްކުރުމަށް ރާއްޖެއިން ތާއީދުކޮށްފި

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަށް ހާމަކޮށްފި

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމާއި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ މަޢުލޫމާތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރަސްމީކޮށް ހާމަކޮށްފިއެވެ.

ވުޒާރާއިން ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް ޖުމްލަ 34 މިސްކިތެއްގައި ދަމުނަމާދު އަދާކުރެވޭނެއެވެ. މީގެ ތެރޭގައި މާލޭގެ 21 މިސްކިތް، ވިލިމާލޭގެ 3 މިސްކިތް އަދި ހުޅުމާލޭގެ 10 މިސްކިތް ހިމެނެއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 6 މިސްކިތަކާއި ދެވަނަ ފިޔަވަހީގައި 4 މިސްކިތެއްގައި ދަމުނަމާދު އަދާކުރެވޭނެއެވެ.

އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ 23 މިސްކިތެއްގައެވެ. މީގެ ތެރޭގައި މާލޭގެ 15 މިސްކިތް، ވިލިމާލޭގެ 1 މިސްކިތް އަދި ހުޅުމާލޭގެ 7 މިސްކިތް ހިމެނެއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 5 މިސްކިތަކާއި ދެވަނަ ފިޔަވަހީގައި 2 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެއެވެ.

މާލޭގައި ދަމުނަމާދު އަދާކުރުމަށާއި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ ފާހަގަކޮށްލެވޭ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ފުރުޤާން މިސްކިތް އަދި ނޫރު މިސްކިތް ހިމެނެއެވެ.

މީގެ އިތުރުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން 1446 ވަނަ އަހަރުގެ ރަމަޟާން މަހުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކިއެކި ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ. މީގެ ތެރޭގައި މާލެ އާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތަކާއި މިސްކިތްތަކުގައި ސިލްސިލާ ދަރުސްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެޗްޑީސީން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމެގެ ހަރަކާތެއް ބާއްވަން ނިންމައިފި

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

gedoru veriya

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3119 އެއްބަސްވުމުގައި ސޮއިކޮށްފި

ރަޝިޔާއަށް ބާރުގަދަ ބިންހެލުމެއް، ސީދާ ނުރައްކާ ރާއްޖެއަކަށް ނެތް

TTH_advertisement