ކުއްލި ޚަބަރު

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެބެއިން ހައްޔަރުކޮށްފި

ކުޅުދުއްފުށީ ދަނާލް އަޅަން އާރްޑީސީއަށް، ދުވާފަރު ދަނާލް އެޅުން ފެނަކައަށް

0288

ކުޅުދުއްފުށީ ސިޓީގައި ދަރިވަރުންގެ ދަނާލެއް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް އަދި ރ. ދުވާފަރުގައި ދަރިވަރުންގެ ދަނާލެއް އަޅަން ފެނަކަ ކޯޕަރޭޝަން އާ ހަވާލުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެއް ކަމަށެވެ.

އެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާރްޑީސީ އަށް ހަވާލުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމުގެ މަސައްކަތެވެ. ފެނަކަ ކޯޕަރޭޝަން އާ ހަވާލުކޮށްފައި ވަނީ ރ. ދުވާފަރުގައި ޓްރެއިނިން އޭރިއާއަކާ އެކު ދަނާލެއް ގާއިމު ކުރުމުގެ މަސައްކަތެވެ.

ކުޅުދުއްފުއްޓާއި ދުވާފަރުގައި ގާއިމް ކުރާ މި ސެންޓަރުތަކަކީ ޓެކްނިކަލް ވޮކޭޝަނަލް ދާއިރާ އާއި ގުޅުންހުރި ތަފާތު ލެވެލްގެ ކޯސްތައް ހިންގުމަށް މަގުފަހިވާނެ ސެންޓަރުތަކެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާއީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަ ކުރެއެވެ.

ކުޅުދުއްފުށި ސިޓީގައި ބިނާ ކުރާ އިންސްޓިޓިއުޓް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ 35،777.88 އަކަފޫޓްގެ ޖާގައިގައެވެ. މި އިންސްޓިޓިއުޓްގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހިމެނެއެވެ.

ހަަމައެއާއެކު އެ ރަށުގައި ގާއިމް ކުރާ ދަނާލުގައި ޝެއަރިން 32 ރޫމް ހުންނާނެއެވެ. ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިން އޭރިއާއަކާއި، ލޯންޑަރީ ފަދަ ހިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމެއް ވެސް ހުންނާނެއެވެ. އަދި މީގެ އިތުރުން ނަމާދުކުރާނެ ތަނަކާއި ފާހާނާއާއި ލިފްޓް ވެސް އެ އިމާރާތުގައި ހުންނާނެއެވެ.

ރ. ދުވާފަރުގައި ޓްރެއިނިން އޭރިއާއަކާއެކު އެކަމަޑޭޝަން ހިދުމަތްތައް ބިނާ ކުރުމަށް 15،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. މިތަނުގައި ޝެއަރިން 31 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިން އޭރިއާއަކާއި، ލޯންޑަރީ އޭރިއާގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އިންތިޒާމުތައް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނޫސްވެރިކަމުގެ އިނާމް: ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

ހުވާވޭ ކުންފުނީގެ އައިސީޓީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި 4 ދަރިވަރަކަށް

saeed

ވީއައިއޭގެ ދަރަނީގެ ހިއްސާދާރުންނަކީ އެމްޑީޕީ: ސައީދު

sujaa

އެސްއޯއީ ކޮމެޓީންވެސް ޝުޖާއު ވަކިކޮށްފި

ELL Mobile Advertisement TTH_advertisement