ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަރީޝް މަޤާމުން އިސްތިޢުފާ ދެއްވައިފި

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް، އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވެފައިވަނީ، ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުމާ ގުޅިގެން، މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރުކަމުން މިއަދުން ފެށިގެން އިސްތިޢުފާ ދެއްވާފައިވާ ކަމަށެވެ.

ނަރީޝް މަޤާމުން އިސްތިޢުފާ ދެއްވައި މާލޭގެ މޭޔަރު އާދަމް ޢާޒިމަށް ފޮނުއްވި ސިޓީ، އެކްސްގައި ޙިއްޞާކުރައްވާފައިވެއެވެ. އެ ސިޓީގައި ނަރީޝް ފާހަގަކުރައްވާފައިވަނީ، 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު މެދު ދާއިރާގެ މެންބަރުން އޭނާއަށް އިތުބާރުކޮށް، ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބުކޮށްދެއްވި ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އިތުރަށް ނަރީޝް ވިދާޅުވެފައިވަނީ، ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ހޭދަކުރެއްވި ދުވަސްވަރަކީ ވަޒީފާގެ މާޙައުލުގައި ހޭދަކުރެއްވި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. އަދި އެ މަޤާމަށް އިންތިޚާބުކުރަން ތާއީދުކުރައްވައި ވޯޓު ދެއްވި ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މިހާރުގެ މޭޔަރު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އާދަމް ޢާޒިމްގެ އަރިހުން ލިބިވަޑައިގެންނެވި ފިލާވަޅުތަކަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބެހެއްޓެވި ގާތްކަމަށާއި އެ މަނިކުފާނު ދެއްވި އެހީތެރިކަމަށް ވެސް ނަރީޝް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ނަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގަތީ މިހާރުގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢުއާއި ވިލިމާލޭގެ ކައުންސިލަރު ނަހުލާ ޢަލީއާ ވާދަކުރައްވައިގެން ވަރަށް ކުޑަ ތަފާތަކުންނެވެ. ނަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުކުރެވުނީ 19 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިނިސްޓަރު ފެންވަރުގައި ނަރީޝް ޔޫތް މިނިސްޓަރުގެ އެޑްވައިޒަރަކަށް

TTH_advertisement