ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި

ފިލިޕީންސް، ސްޕެއިން އަދި ނިއުޒިލޭންޑަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި

ރައްޔިތުންގެ މަޖިލީހުން ވަނީ ފިލިޕީންސް، ސްޕެއިން އަދި ނިއުޒިލޭންޑަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރުމަށް ރުހުން ދެއްވައިފައެވެ. މިގޮތުން ފިލިޕީންސްގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަޙްމަދު، ސްޕެއިންގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. އިރުތިޝާމް އާދަމް، އަދި ނިއުޒިލޭންޑުގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުޙައްމަދު ލުވޭޒު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންފުޅުތަކަށް މަޖިލީހުން ވަނީ ރުހުން ދެއްވައިފައެވެ.

މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި ނަންފުޅުތައް ދިރާސާކުރެއްވުމަށްފަހު، އެ ބޭފުޅުން ޢައްޔަންކުރެއްވުމަށް ފެންނަކަމަށް ނިންމަވައި މަޖިލީހަށް ހުށަހެޅުއްވުމުން، މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާޤުން ވަނީ މި ނަންފުޅުތަކަށް ރުހުން ދެއްވައިފައެވެ.

ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ބޭރު ޤައުމުތަކަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ހަމަލާތައް ކުށްވެރިކުރުމަށްފަހު، ރާއްޖެއިން ގޮވާލީ އަލުން ސުލްހަ ގާއިމްކުރަން

ޑެންމާކަށް ކަނޑައަޅާފައިވާ ސަފީރު ޤީލާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

majilis

ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ރުހުންދީފި