ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫކޭ އާއި ރާއީ މާދަމާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

045

އެމްޑީޕީން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އަމަލުކުރިކަމުގެ ތުހުމަތުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އާއި އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރަނީ މާދަމާ މެންދުރު 13:00އަށެވެ.

އެ ދެ ބޭފުޅުން ހާޒިރުކުރަނީ އާދީއްތަ ދުވަހު ބޭއްވި މުޒާހަރާގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކުރުމާއި، މުޒާހަރާކޮށް އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކޮށެވެ.

މީގެ އިތުރުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުވެސް މި ދެ ބޭފުޅުންގެ މައްޗަށް ކުރެވިފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވާ ކަމަށް ބުނެ އެމްޑީޕީން އަންނަނީ ކޮންމެ ރެއަކު މާލޭގެ މަގުމައްޗަށް އެއްވެ މުޒާހަރާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި