ކުއްލި ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ގެމަނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފި

ޑެޕިއުޓީ ގަވަރުނަރު ވަކިކުރަން ހުށަހަޅައިފި

Im

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފިއެވެ.

އިމާދު މަގާމުން ވަކިކުރުމަށް ރައީސަށް މަޝްވަރާ އެރުވުމަށް ފެންނަކަން ފާހަގަކުރައްވާ، އިމާދު މަގާމުން ވަކިކުރުމަށް މާލިއްޔަތު ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުއެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަލީ ހާޝިމް ހުރިއިރު ގާނޫނު މަތިކޮށްފައިވާ ޒިންމާތައް އޭނާ އަދާކޮށްފައިނުވާއިރު، އެ ޒިންމާތައް އަދާކުރުމަށް އިމާދު މަސައްކަތްކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ގާނޫނުން އިމާދުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އޭނާ ފަސްޖެހިފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

އިމާދު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފްްއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންއެވެ.

މި މައްސަލަ ހުށަހެޅުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މުސާ ވަނީ ދެކޮޅު ހައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

401926 3 eb6c223324d413f525732a1115588769d0cb6448 large

ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 127،000 ރުފިޔާގެ ޖޫރިމަނާ

mtcc

“ޔަންމާ ސްޕެއާ ޕްރޮމޯ” ފަށައިފި

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ

ELL Mobile Advertisement TTH_advertisement