ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަކިކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ސީއެސްސީގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އިބްރާހީމް ރަޝީދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މި އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

އިބްރާހީމް ރަޝީދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެވުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން، ކޮމިޝަނުން ވަނީ އޭނާގެ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މި މައްސަލަ ކޮމިޓީން ބެލުމަށް ނިންމާފައިވަނީ މުވައްޒަފުން ވަޒީފާއަށް ހޮވުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ތުހުމަތުތަކާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

civil service office

ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމާބެހޭ ޤަވާއިދު އިސްލާހުކޮށްފި

ސިޓީތަކާބެހޭ ވުޒާރާގެ އަހަރީ މުރާޖާ ފަށައިފި

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒް އައްޔަންކުރައްވައިފި

މުޖުތާޒް ސިވިލް ސަރވިސް ކޮމިޝަނަށް އަށް ޢައްޔަންކުރަން މަޖިލީހުން ރުހުންދީފި