ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ސަލާމަތާ ގުޅުންހުރި ޚާއްސަ އޮޕަރޭޝަނެއްގައި ތިން ފަރާތެއް ހައްޔަރުކުރެވިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށްގެންދިޔަ ޤައުމީ ސަލާމަތާ ގުޅުންހުރި ޚާއްސަ އޮޕަރޭޝަނެއްގައި ތިން ފަރާތެއް ހައްޔަރުކުރެވިއްޖެއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށްގެންދެވުނު އޮޕަރޭޝަނެއްކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

އިއްޔެ ރޭ 23:00 ގައި ފެށުނު މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ ބައެއް ގެތަކާއި އުޅަނދުފަހަރު ބަލައި ފާސްކުރެވުނެވެ. އަދި މި ތަންތަނުން ބައެއް ތަކެތި ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހައްޔަރުކުރެވުނު ތިން ފަރާތާ ގުޅުންހުރި އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލައަކީ ޤައުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށްވާތީ، ހާމަކުރެވެން އޮތް މިންވަރަކުން މަޢުލޫމާތު ހާމަކުރަމުން ގެންދާނެކަމަށް ސަލާމަތީ ބާރުތަކުން ވަނީ އަންގަވާފައެވެ.

މި އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާކަން އަދި ސަލާމަތީ ބާރުތަކުން ރަސްމީކޮށް އިޢުލާނުކުރައްވާފައެއް ނުވެއެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ލިބުމުން އާންމުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި