ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރި އެހީ ލޯނަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ

0kzuedwrshzaqpmyebcd
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން “ވިޔަފާރި އެހީ” ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން އިޢުލާނުކޮށްފިއެވެ.

“ވިޔަފާރި އެހީ” ލޯނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ މަޤްޞަދުގައި އެސްޑީއެފްސީން ތަޢާރަފުކޮށްފައިވާ ޚާއްޞަ ލޯނު ސްކީމެކެވެ.

އެސްޑީއެފްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މެދުކެނޑުމެއްނެތި ވޭތުވެދިޔަ އެއް އަހަރު ދުވަހު ވިޔަފާރިކުރަމުން އައިސްފައިވާ ހުރިހާ ފަރާތްތަކަށްވެސް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ލޯނުގެ ދަށުން މުދާ ގަތުމަށާއި ވިޔަފާރީގެ ދުވަހުން ދުވަހަށް ހިނގާ ޚަރަދުތައް ހަމަޖެއްސުމަށް ބޭނުންކުރެވޭނެއެވެ.

“ވިޔަފާރި އެހީ” ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިއަން ރުފިޔާއެވެ. ނަމަވެސް، ލޯނުގެ އަދަދު 700,000 ރުފިޔާއަށްވުރެ އިތުރުވާނަމަ ރަހުނެއް ބަހައްޓަން ޖެހޭނެއެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 9.5 އިންސައްތައެވެ.

އިތުރު ތަފްޞީލުތަކުގެ ތެރޭގައި، ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 6 މަސްދުވަސް ދެވޭނެ ކަމަށާއި، ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 5 އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށް އެސްޑީއެފްސީން ހާމަކޮށްފައިވެއެވެ.

އެސްޑީއެފްސީއަކީ 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް