ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލުމަށް ތައްޔާރުވަނީ

)

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ކިޔެވުމަށް ދޫކުރާ ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ތައްޔާރުވެފައެވެ. މިކަމާ ގުޅޭގޮތުން އައު އުޞޫލެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކުލަވާލާފައިވެއެވެ.

ޒަކާތު ފަންޑުން މަތީ ތަޢުލީމުގެ އިތުރުން ބޭސްފަރުވާއަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެވެއެވެ. ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވެފައިވަނީ މީހުން ބިނާކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށާއި، ރަމަޟާން މަސް ނިމުމުގެ ކުރިން މި ފުރުޞަތު ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކާތު ފަންޑުން ދޭ ޭ ސްކޮލަރޝިޕްތަކަކީ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހިމެނޭ ކޯސްތަކުގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ހިމެނޭގޮތަށް ދެވޭ ފުރުޞަތުތަކެކެވެ. މި ސްކޮލަރޝިޕްތައް ދެވޭނީ އިސްލާމީ ދާއިރާއަށް އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރާ ކޯސްތައް ހިންގާ މަރުކަޒުތަކަށެވެ.

ސްކޮލަރޝިޕް ދިނުމުގައި އިސްކަންދެވޭނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، މާލީ ފުދުންތެރިކަން ނެތް މިންވަރަށާއި، ތަޢުލީމީ ފެންވަރަށާއި، ޤައުމަށް ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ. އެހެންނަމަވެސް، ބައެއް ޙާލަތްތަކުގައި މި ޝަރުޠުތަކުން އިސްތިސްނާވާނެ ފަރާތްތަކެއްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ، މިއީ ބޮލަކަށް 6,000 ރުފިޔާ

mudalu zakaai

ފަޤީރުންނާއި މިސްކީނުންނަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ