ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިޔާއިން ރާއްޖެ އެތެރެކުރަން އުޅުނު 3.7 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ހިފަހައްޓައިފި

އިންޑިއާއިން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު 3.7 މިލިއަން އެމެރިކާ ޑޮލަރުގެ މަސްތުވާތަކެތި، އިންޑިއާ ކޯސްޓް ގާޑާއި ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) ގެ އެކުވެރި އޮޕަރޭޝަނެއްގައި ހިފަހައްޓައިފިއެވެ.

އިންޑިއާގެ “ދަ ހިންދޫ ޓައިމްސް” އިން ހާމަކޮށްފައިވާ ގޮތުގައި، ޑީއާރްއައިން ފޯރުކޮށްދިން އިސްތިޚްބާރީ މަޢުލޫމާތަކަށް ބިނާކޮށް، ތޫތުކުޑީން މާލެއަށް ދަތުރުކުރަމުންދިޔަ ކުޑަ އުޅަނދެއްގައި މަސްތުވާތަކެތި އުފުލަމުންދާކަމުގެ ޝައްކު އުފެދުމާ ގުޅިގެން، އިންޑިއާ ކޯސްޓް ގާޑުގެ ދެ އުޅަނދެއް ފޮނުވައި، މާރިޗު 5 ވަނަ ދުވަހުގެ ރޭ 20:00 ގައި ގަލްފް އޮފް މަންނާރުގެ ދެކުނުން އެ އުޅަނދު އިންޓަރސެޕްޓް ކޮށްފައިވެއެވެ.

ކޯސްޓް ގާޑުގެ އޮފިޝަލުން އެ އުޅަނދަށް އަރައި، އުޅަނދުގައި ތިބި ފަޅުވެރިން ހައްޔަރުކުރުމަށްފަހު، އިތުރަށް ބަލައި ފާސްކުރުމަށްޓަކައި އެ އުޅަނދު ތޫތުކުޑީ ބަނދަރަށް ގެންދެވުނެވެ.

އުޅަނދު ބަލައި ފާސްކުރުމުން ފެނުނު މަސްތުވާތަކެތި ތަޙްލީލުކުރުމުން، އެއީ ހަޝިޝް އޮއިލްކަން ކަށަވަރުވެފައިވާ ކަމަށާއި، އޭގެ ބަރުދަނުގައި 30 ކިލޯގްރާމް ހުރިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި މަސްތުވާތަކެތީގެ އަގު ބައިނަލްއަޤްވާމީ މާރުކޭޓުގައި 3.7 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.

އެ ނޫހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ އުޅަނދުން 9 ފަޅުވެރިން ހައްޔަރުކުރެވި، އެ މީހުން ވަނީ ޑީއާރްއައިގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް އަތުލައިގެންފި