ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީއިން އުޝާމު ތަނާޒުލްވެއްޖެ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީން އެޓާރނީ ޖެނެރަލް އަޙްމަދު އުޝާމް ތަނާޒުލްވެވަޑައިގެންފިއެވެ. އޭނާގެ ބަދަލުގައި އެ ކޮމިޓީއަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަޙްމަދު ނާސިޙް ވަނީ ޢައްޔަންކުރައްވާފައެވެ.

އުޝާމް މިފަދައިން ނިންމެވީ، ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ޖޭއެސްސީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި އަޒްމިރާލްދާ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ، އޭނާގެ މައްސަލަ ބަލާ ކޮމިޓީގައި އެޓާރނީ ޖެނެރަލް ހިމެނިވަޑައިގަންނަވާއިރު، އެ މައްސަލައިގައި އޭނާގެ މަޞްލަޙަތު ހިމެނޭ ކަމަށެވެ.

އުޝާމް ވިދާޅުވެފައިވަނީ، އަޒްމިރާލްދާގެ ސިޓީގައި ބަންޑާރަ ނައިބުގެ މަޞްލަޙަތު އޮތް ކަމެއް ކަމަށް ބަޔާންކޮށްފައި އޮތުމުން، ކޮމިޓީގައި ދެމިހުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ފެނިވަޑައިގަތުމާ ގުޅިގެން، ކޮމިޓީގައި އިނުމަށް ތަނާޒުލްވާ ކަމަށް އަންގަވާފައިވާ ކަމަށެވެ.

މިހާރު ޖޭއެސްސީން ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ ސުލޫކީ މައްސަލަތަކެކެވެ. އަޒްމިރާލްދާއާ ގުޅޭ ގޮތުން ދެ މައްސަލައެއް ބައްލަވަމުން ގެންދަވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ މަސާޖު ޕާލަރަކުން ހައްޔަރުކުރެވުނު އަޒްމިރާލްދާގެ އަނބިފުޅު ޑރ. އިސްމާޢީލް ލަޠީފްގެ މައްސަލާގައި ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.

ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރާލްދާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ޖޭއެސްސީއަށް ހާޒިރުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަޒްމިރާލްދާގެ ާގެ ވަކީލު އިބްރާހިމް ޝަމީލް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ސުލޫކީ މައްސަލައެއް ބައްލަވަނީ ނެތް ހާލަތެއް އުފައްދަވައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

B irv3lfa0yctrtnenqr755ih7t

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަފީއު

ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް

Ii

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިި

TTH_advertisement