ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރަސްފަންނު ހުޅުވާލައިފި

މަރާމާތަށް ރަސްފަންނު ބަންދުކުރުމަށްފަހު، މިވަގުތު އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރަސްފަންނު އާންމުންނަށް  ހުޅުވާލައިފިއެވެ.
އާންމުނަށް ރަސްފަންނު ހުޅުވާލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ އެސަރަހައްދަށް ވަޑައިގެން މަސައްކަތްތައް ކޮށްފައިހުރިގޮތް ބައްލަވާލައްވާފައެވެ. މަރާމާތުގެ މަަސައްކަތްތައް ކުރުމަށް ރަސްފަންނު ބަންދުކޮށްފައިވަނީ ހުސްވި ފެބުރުއަރީމަހުގެ ފަހުކޮޅެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ކުރިން އެތަން އޮތް ވަރަށްވުރެ ފުރިހަމަޔަށް ތަރައްޤީކޮށްދެއްވާނޭކަމަށެވެ. ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށާފައިވާއިރު، މިވަގުތައް ރަސްފަންނު އާންމުނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައިމިވަނީ ރަމަޟާންމަހު ރައްޔިތުންނަށް ފަސޭހަޔަކަށެވެ.

އާންމުނަށް ރަސްފަންނު ބޭނުންކުރެވޭގޮތަށް މިއަދު ހުޅުވާލިއިރު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ އެ ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށާފައެވެ. ރަސްފަންނު ސާފުކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު، މާލެސިޓީ ކައުންސިލުން ވަނީ ރަސްފަންނު މޫދަށް އެރިއުޅޭ ސަރަހައްދުން ކިސަޑް ނެގުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

މުޖްތަމަޢުގައި ޑައުން ސިންޑްރޯމްގެ ހުންނަ ފަރާތްކަށް ހެޔޮކޮށް ހިތުމަކީ އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއް: ރައީސް

Oo

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ޖޫން މަހު ހަވާލުކުރަން ފަށާނެ: ރައީސް

456388 868bab6b a

ސަލްޓަން ޕާކް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

417829 ba65c4da c

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި