ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

އަޒަރުބައިޖާނުން ރެޑް ކްރޮސްގެ ޙަރަކާތްތައް ހުއްޓުވައިފި

އަޒަރުބައިޖާނުގައި ހިންގަމުން އައި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރްސީ)ގެ މަސައްކަތްތައް ހުއްޓާލުމަށް އެ ޤައުމުގެ ސަރުކާރުން އަންގައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ އައިސީއާރްސީގެ ރަސްމީ ތަރުޖަމާނު އިލަހާ ހުސައިނޯވާއެވެ. އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އައިސީއާރްސީން 1992 އިން ފެށިގެން އަޒަރުބައިޖާނުގައި ޚިދުމަތް ފޯރުކޮށްދެމުން އައި އިރު، މި ޖަމްޢިއްޔާއަކީ ނަގޯރްނޯ-ކަރަބަޚްގެ މައްސަލައިގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ހައްޔަރުކުރެވުނު އަރުމޭނިޔާގެ ކުރީގެ އިސްވެރިންނާ މުޢާމަލާތު ކުރެވޭ ހަމައެކަނި ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެވެ. މި އިސްވެރިންގެ ތެރެއިން ރޫބެން ވަރްދަންޔަން ވަނީ ފެބްރުވަރީ މަހުގެ މެދުތެރެއިން ފެށިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައެވެ.

އަޒަރުބައިޖާނުގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ، އެ ޤައުމުގައި މިނިވަން މީޑިޔާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ މައްޗަށް އިތުރު ހަނިކުރުންތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން ވެސް ބީބީސީއާއި ވޮއިސް އޮފް އެމެރިކާގެ އިދާރާތައް ބަންދުކުރުމަށް އަންގައި، ޔޫއެސްއެއިޑްގެ ޙަރަކާތްތައް ވެސް ވަނީ ހުއްޓުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިސާއާ ނުލައި އަޒަރުބައިޖާނަށް 90 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ

TTH_advertisement