ކުއްލި ޚަބަރު

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ޖެނުއަރީ މަހު ރާއްޖެއަށް 5.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރެވުނު

ފާއިތުވި ޖެނުއަރީ މަހު ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވުނު މުދަލުގެ ސީއައިއެފް އަގު، ވޭތުވެދިޔަ އަހަރުގެ އެ މަހާ އަޅާބަލާއިރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރެވުނުއިރު، މި އަހަރުގެ ޖެނުއަރީ މަހު އެ އަދަދު 5.2 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

އިމްޕޯޓުކުރެވުނު ތެލުގެ އަގު ނުހިމަނައި، ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓުކުރެވިފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކުރެވިފައިވަނީ މެޝިނަރީއާއި ކާބޯތަކެއްޗެވެ. މިގޮތުން 960 މިލިއަން ރުފިޔާގެ މެޝިނަރީއާއި 960 މިލިއަން ރުފިޔާގެ ކާބޯތަކެތި އިމްޕޯޓުކުރެވިފައިވެއެވެ.

ރާއްޖެއިން އެކްސްޕޯޓުކުރެވުނު ޤައުމުތަކަށް ބަލާއިރު، އެންމެ ގިނަ މުދާ އެކްސްޕޯޓުކުރެވިފައިވަނީ ތައިލެންޑަށެވެ. އެ ޤައުމަށް 68 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރެވުނުއިރު، ދެވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓުކުރެވިފައިވަނީ އިނގިރޭސިވިލާތަށެވެ. އެ ޤައުމަށް އެކްސްޕޯޓުކުރެވިފައިވަނީ 25 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރެވިފައިވަނީ ފިނިކުރި ކަޅުބިލަމަހެވެ. 73 މިލިއަން ރުފިޔާގެ ފިނިކުރި ކަޅުބިލަމަސް ބޭރުކުރެވިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ބޭރުކުރެވިފައިވަނީ ދަޅުގައި ބަންދުކޮށްފައިވާ މަހެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 29 މިލިއަން ރުފިޔާގެ ދަޅުމަސް ރާއްޖެއިން ބޭރުކުރެވިފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ބޭރުކުރެވިފައިވަނީ ގަނޑުކުރި ކަންނެލިއެވެ. 15 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި ރާއްޖެއިން ބޭރުކުރެވިފައިވެއެވެ.

ޖެނުއަރީ މަހު އެންމެ ގިނައިން މުދާ އިމްޕޯޓުކުރެވިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. މިގޮތުން އިންޑިޔާއިން 51.04 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރެވުނުއިރު، ޗައިނާއިން އިމްޕޯޓުކުރެވިފައިވަނީ 1.043 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި އެކުވެރި އަރަބި އިމާރާތުން އެއް ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ: ކަސްޓަމްސް

customs

އަގު ކަނޑައެޅުމުގައި އަސާސީ އުސޫލަކީ އެ މުދަލެއްގެ މުޢާމަލާތުގެ އަގު: ކަސްޓަމްސް

ބޮޑުތަކުރުފާނުމަގު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށައިފި

ތިރީސް މިލިއަނަށްވުރެ އަގުހުރި ހަޝީޝް އޮއިލް އަތުލައިގަނެފި

TTH_advertisement