ކުއްލި ޚަބަރު

ދުބާއީ އާއި ސިންގަޕޫރަށްވުމަށް މުރާލިކަމާއެކު މަސައްކަތް ކުރަންޖެހޭ: ނާޒިމް

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ކަރަންޓު ދެ ބިލެއް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް: ފަހުމީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެފައިވާ ގޮތުގައި، ކައިރި މުއްދަތެއްގައި ކަރަންޓު ދެ ބިލެއް ފޮނުވާފައިވަނީ ކަސްޓަމަރުންގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައެވެ.

ސްޓެލްކޯއިން ނިންމާފައިވަނީ ރަމަޟާން މަހު ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލުން މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށެވެ. މި ޑިސްކައުންޓު ދެވޭނީ ހަމައެކަނި ރަމަޟާން މަހު ބޭނުންކުރެވުނު ކަރަންޓަށް ކަމަށާއި، އެ މަހަށް ވަކިން ކަރަންޓު ރީޑިންގ ނަގައި ވަކި ބިލެއް ތައްޔާރުކުރެވޭނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.

ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްޓެލްކޯއަކީ 75 އަހަރުގެ ޤައުމީ ޚިދުމަތުގެ ރެކޯޑެއް އޮތް ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވައެވެ. ރަމަޟާން މަހުގެ ބިލު ވަކިކުރުމަށް ނިންމައި، ފެބްރުއަރީ މަހުގެ ބިލު ފޮނުވުމަކީ ކުންފުނީގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މަސްލަހަތަށްޓަކައި ނިންމި ނިންމުމެކެވެ.

ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި، ޖޫރިމަނާ ނާރާގޮތަށް މި ބިލު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއްވެސް ދީފައިވާ ކަމަށެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރަމަޟާން މަހުގެ ބޭނުންކުރުމަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓު އެ ބިލުގައި ހިމެނުމަކީވެސް މި ނިންމުމުގެ މަޤްޞަަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ސްޓެލްކޯއިން ވޭތުވި ދެއަހަރު 44 ޖެންސެޓް ބެހެއްޓި، 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކުރި

ސްޓެލްކޯގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

Ii

ކަރަންޓްގެ ފެންވަރު ރަނގަޅުކުރަން ސްޓެލްކޯ އިން އުކުޅަހަށް އިތުރު ޖަނެރޭޓަރެއް ފޮނުވައިފި

Muaz

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

TTH_advertisement