ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު މަޤާމުން އިސްތިއުފާ ދެއްވައިފި

އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓުވުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މިފްކޯގެ ސީއީއޯ މަޤާމުން ވަކިކުރައްވައިފި

ފިޠުރުޒަކާތް އޮންލައިންކޮށް ދެއްކުމަށް ފަސޭހަ ގޮތްތަކެއް ތަޢާރަފުކޮށްފި

ރަމަޟާން މަހުގެ އެންމެ މުހިންމު އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ފިޠުރު ޒަކާތް ދެއްކުމަށް މިއަހަރު ވަރަށް ފަސޭހަ ގޮތްތަކެއް ތަޢާރަފުކޮށްފިއެވެ. ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއީ ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ އަޅުކަމެކެވެ. މިއީ ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވެ، އުފާވެރި ޢީދެއް ފާހަގަކުރުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެކެވެ.

މިއަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުން ހަމަޖެހިަފއި ވަނީ 1 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށެވެ. މިކަމަށް ބޭނުންކުރެވޭނެ ޚިދުމަތްތަކުގެ ތެރޭގައި ދިރާގު އެޕް، އުރީދޫ އެމްފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާ މޮބައިލް އެކްސް، ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް މޯބައިލް، ފަހިޕޭ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް/ޕޯޓަލް ހިމެނެއެވެ.

މީގެ އިތުރުން، 2 މާރިޗު 2025 އިން 20 މާރިޗު 2025 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް، އަދި 23 މާރިޗު 2025 އިން 30 މާރިޗު 2025 އަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ފިޠުރު ޒަކާތް އިސްލާމިކް ސެންޓަރުގެ ޖަލްސާކުރާ މާލަމުގައި ބަލައިގަތުމުގެ ޚާއްޞަ އިންތިޒާމެއް ހަމަޖައްސާފައިވެއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ތަފާތުވަނީ ހަނޑޫގެ ބާވަތްތަކާ އެއްގޮތަށެވެ. އާދައިގެ ހަނޑޫ ބޭނުންކުރާނަމަ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫނަމަ 62 ރުފިޔާ، ރަތް ހަނޑޫނަމަ 86 ރުފިޔާ، ބާސްމަތީ ހަޑު އާދާގެ 74 ރުފިޔާ ، ބާސްމަތީ ހަނޑޫގެ މޮޅު 100 ރުފިޔާ، ބާސްމަތީ ހަނޑޫގެއެއްމެ މޮޅު މޮޅު 133 ރުފިޔާ، އާދައިގެ ފުށަށް 10 ރުފިޔާ އަދި އާޓާ ފުށަށް 75 ރުފިޔާ ދައްކަންޖެހެއެވެ.

އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިން ޒަކާތް ދެއްކުމަށް އަހުލުވެރިނުވާ ފަރާތްތަކަށް ޚާއްޞަ އިންތިޒާމެއްގެ ގޮތުން، އިސްލާމިކް ސެންޓަރުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ ޚާއްޞަ އިންތިޒާމެއް ހަމަޖައްސާފައިވެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަމަޟާންމަހުގެ ފަހު ދިހަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މި ކަންކަމަށް ރިޢާޔަތްކޮށް، ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް  ބަޔާންކޮށްފައި ވެއެވެ.  އިތުރު މައުލޫމަތު

އޮންލައިންކޮށް ފައިސާދެއްކިދާނެ ލިންކްތަކުގެ ތެރޭގައި

ބީއެމްއެލް
ދިރާގު
އުރީދޫ
މޯލްޑިވްސް އިސްލާމިކް ބޭންކު
ބަޑޭރިޕޭ
ފަހިޕޭ

މި އިންތިޒާމުތަކުން ފިޠުރު ޒަކާތް ދެއްކުމަށް ފަސޭހަވެ، ގިނަ ބަޔަކަށް މި މުހިންމު އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ޒަކާތު ހައުސްއިން އުންމީދުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ވިއްސާރައިގައި ގެއްލުންވި 5 ރަށުގެ އެސެސްމަންޓް ދަނީ ހަދަމުން: އެންޑީއެމްއޭ

ފަތުރިވެރިކަމުން 6.4 ޕަސެންޓުގެ ކުރިއެރުމެއް

ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރެވުނު

9

ވެމްކޯގެ ޗެއަރމަންކަމަށް އަޙްމަދު ނާޞިފް އައްޔަނުކުރައްވައިފި

Ad (2025-02-20 10:54:13)