ކުއްލި ޚަބަރު

ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ދިނުމުގެ އުސޫލު ހެދުމުގެ ބާރު ކައުންސިލްތަކަށް އޮންނާނެ: ރައީސް

ޒުވާނުން ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ގޮވާލައްވައިފި

ރަށްރަށުގެ ހިއްކި ބިންތަކުގައި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް އަންނަ އަހަރު ބޮޑު ޕްރޮގްރާމެއް 

އާރުޓީއެލުން ހިލޭ ދަތުރުކުރެވޭ ކާޑެއް ވިއްކާ ކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވާން އެދެފި

އެމްޓީސީސީގެ ބެލުމުގެ ދަށުން ހިންގަމުންދާ އާރުޓީއެލްގެ ނަމުގައި ހިލޭ ދަތުރުކުރެވޭ “ސްމާޓް ކާޑެއް” ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސްކޭމެއް ހިންގަމުންދާތީ، މިކަމަށް ސަމާލުވުމަށް އެމްޓީސީސީން މިއަދު ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވި ގޮތުގައި، “މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް” ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން، އާރުޓީއެލް މެދުވެރިކޮށް ތިން މަސްދުވަހުގެ މުއްދަތަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނާ “ސްމާޓް ކާޑެއް” ވިއްކުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް، މި ފޭސްބުކް ޕޭޖުގައި ހިންގަމުންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ އާއި އާރުޓީއެލްއާ ގުޅުންހުރި ކަމެއް ނޫންކަން އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އެމްޓީސީސީން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އެ ކުންފުނިން އައު ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތަޢާރަފުކުރާނަމަ، އެކަން ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މަޢުލޫމާތު ޢާންމުކުރާނެއެވެ.

މިފަދަ ސްކޭމްތަކަށް ސަމާލުވުމުގެ ގޮތުން، އެމްޓީސީސީ ނުވަތަ އާރުޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއި، އެފަދަ ފަރާތްތަކާއެކު އެއްވެސް ފައިސާގެ މުޢާމަލާތެއް ނުކުރުމަށް އެންމެހައި ކަސްޓަމަރުންނަށް އެމްޓީސީސީން ނަސޭހަތްތެރިވެފައިވެއެވެ.

އެމްޓީސީސީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ނާޖާއިޒު ފައިދާ ނަގައި، ނުޙައްޤުން ފައިސާ ހޯދުމަށް ކުރާ މިފަދަ ނާތަހުޒީބު ޢަމަލުތައް އެ ކުންފުނިން ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ.

ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަނީ މަތިވެފައެވެ. އެހެންކަމުން، މިފަދަ ޙާލަތްތަކުގައި ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

412408 ee9f01ba 1

ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ދިނުމުގެ އުސޫލު ހެދުމުގެ ބާރު ކައުންސިލްތަކަށް އޮންނާނެ: ރައީސް

majilis

މަޖިލީހުގެ މި ދައުރު އިތުރު ހަފުތާއަކަށް ދަންމާލަން ފާސްކޮށްފި

ތުޅާދޫ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

raees muiz

ޒުވާނުން ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ގޮވާލައްވައިފި

TTH_advertisement ELL Mobile Advertisement