ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ރަމަޟާން މަހުގެ ޚިދުމަތްދޭ ގަޑިތައް އިޢުލާނުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ރަމަޟާން މަހުގެ ޚިދުމަތްދޭ ގަޑިތައް ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

ހޮސްޕިޓަލުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އޯޕީޑީ އަދި މާލޭ ކުލިނިކުގެ ޚިދުމަތްތައް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 15:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް ލިބެން ހުންނާނެއެވެ. ނަމަވެސް ހުކުރު ދުވަހަކީ ބަންދު ދުވަހެކެވެ.

އަދި ހަމައެހެންމެ، ޓްރީ ޓޮޕްގެ ފެމިލީ ކުލިނިކުގެ ޚިދުމަތްތައް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 10:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:30 އިން 00:00 އަށް ލިބެން ހުންނާނެއެވެ. ހުކުރު ދުވަހު ފެމިލީ ކުލިނިކުގެ ޚިދުމަތްތައް ރޭގަނޑު 20:30 އިން 23:00 އަށް ލިބޭނެއެވެ.

މީގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓުން 24 ގަޑިއިރު އަވަސް ފަރުވާގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ހޮސްޕިޓަލުން އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ރޯދަ މަހު ޓްރީ ޓޮޕުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި

ޓްރީ ޓޮޕް ގައި IMERC 2025 ގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތައް ބާއްވައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ