ކުއްލި ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

އޮޅު ހިޔާ އިން 15 ބުޅަލަށް ޖާގަދީފި

“އޮޅު ހިޔާ” ފެސިލިޓީއަށް ބުޅާތައް ގެންދަން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނީ ފެސިލިޓީއާ ހަވާލުވިތާ 16 ގަޑިއިރު ތެރޭގައި ބުޅާތައް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ ޓީމުން އާ ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މިހާތަނަށް ފެސިލިޓީއަށް ގެންދެވިފައިވަނީ 15 ބުޅާ ކަމަށް ވެސް ޕޯސްޓުގައި ބުނެފައިވެއެވެ.

އަދި އެކަން ހާސިލް ކުރެވުނީ ޓާސްކް ފޯހުން ހުއްޓުމެއް ނެތި ކުރެވުނު މަސައްކަތާއި، ހިތްވަރާއެކު އެއްބާރުލުން ދެއްވި އެން.ޖީ.އޯތަކުގެ މިންނެތް މަސައްކަތުގެ ސަބަބުން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވެފައިވަނީ އިއްޔެއެވެ. އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވިއިރު ފެސިލިޓީ ފަށައިގަތުމަށް ބޭނުންވާ ކަންކަން ފުރިހަމަވެފައި ނެތުމުން، މިކަންކަންވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ޚިދުމަތްދޭން ފެށުމަށްޓަކައި މިނިސްޓްރީން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރެވިފައިވާ މި ބުޅާ ފެސިލިޓީ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 2 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ELL Mobile Advertisement TTH_advertisement