ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި އަހަރު ފެށިގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ސަބަބުން ގެދޮރުވެރިކަން ކަށަވަރުވެގެންދާނެ: ރައީސް

މި އަހަރު ފެށިގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުވެގެންދާނެ ކަމަށާއި، އެހެންކަމުން ފުލެޓް ނުލިބުނު ފަރާތްތަކުން ވެސް ހިތްވަރު ދޫނުކޮށް ކެތްތެރިކަމާއެކު މަޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ސަރުކާރުން ތަރައްޤީކުރި އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ޢާންމުކުރެވުނު ފުލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ނުހިމެނުނު ފަރާތްތަކުން ކަންބޮޑުނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި އަހަރުތެރޭ ފެށިގެންދާ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާއެކު މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަޤީންކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، މި އަހަރުތެރޭ ހުޅުމާލޭގައި އެތައް ހާސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ފެށުމަށް ނިންމާފައިވާ ކަމަށާއި، އޭގެ އިތުރުން ވިލިމާލެ އަދި ގުޅިފަޅުގައި ވެސް ގިނަ އަދަދެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ނިމި، އަދި މި އަހަރު ފެށުމަށް ހަމަޖެހިފައިވާ އުތުރު ތިލަފަޅުގެ މަޝްރޫޢު ނިމުމުން، އެ ސަރަޙައްދުތަކުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށާއި، ރަސްމާލޭގައި ވެސް ފުލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުތައް ނިމުމުން 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް